ހުޅުމާލޭގައި ބޭންކް އޮފް ސިލޯންގެ ބްރާންޗެއް ހުޅުވަނީ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުޅުމާލޭގައި ބޭންކް އޮފް ސިލޯންގެ ބްރާންޗެއް ހުޅުވަނީ

ހުޅުމާލޭގައި ބޭންކް އޮފް ސިލޯންގެ ބްރާންޗެއް ހުޅުވަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހުޅުމާލޭގައި އެ ބޭންކްގެ ބްރާންޗެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ލީގަލް އެފެއާޒް ޑރ.ފާތިމަތު ޝިއުނީއެވެ. ބޭންކް އޮފް ސިލޯންގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ އެ ބޭންކުގެ މެނޭޖަރު ބަދްރަ ކަލްޔަނަފްރިޔާއެވެ.

ހުޅުމާލޭގެ އަމީން އެވެނިއު ކޮމާޝަލް ބްލޮކްގައި ޤާއިމްކުރަން ނިންމާފައިވާ ބްރާންޗަކީ އެ ކުންފުނިން ރާއްޖޭގައި ހުޅުވާ ދެވަނަ ބްރާންޗެވެ.

ހުޅުމާލޭގައި މިހާރު ވެސް ބޭންކް އޮފް އިންޑިއާގެ ބްރާންޗަކާއި، ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ބީއެމްއެލް) ގެެ ބްރާންޗަކާއި، ހަބީބް ބޭންކްގެ ބްރާންޗަކާއި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ބްރާންޗެއް ހިންގައެވެ.

1981 ވަނަ އަހަރުގައި މާލޭގައި ހުޅުވި ބޭންކް އޮފް ސިލޯންގެ ބްރާންޗަކީ ގިނަ އަދަދެއްގެ ދިވެހިން ޚިދުމަތް ހޯދަމުންދާ ބޭންކެކެވެ.


މިއަދު އޮންލައިން