ރާއްޖޭގައި ދޮށީ އުމުރުގެ މީހުންނަށް ޤައުމަށް ޚިދުމަތްކުރަން އަޅާފައި ހުރި ހުރަސްތައް ނައްތާލަން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ކަމާލުއްދީން (އޭކޭ) ގޮވާލައްވައިފި އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ޤާނޫނު އަށާސީއަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ މީހުންގެ އުމުރު 65 ކަމަށް ހަަމަޖެއްސުމާއި ނައިބް ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު 30 އަަހަރު ކަމަށް ހަމަޖެއްސުން ހިމެނެއެވެ.
މި އިޞްލާޙާއި ގުޅިގެން ގިނަ ބައަކު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ އުމުރު 65 އަހަރު ކަމަށް ހަމަޖެއްސީ ރައީސް މައުމޫނަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަށް އެ މަޤާމަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި ނައިބްރައީސް ކަމަށް ކުރިމަތިލެވޭ އުމުރު 35 އަހަރުން 30 އަހަރަށް ދައްކުރީ އަދީބަށް ނައިބް ރައީސްކަން ކުރެވޭނެ ގޮތް ހަދަން ކަމަށެވެ.
އުމުރު މަތިވެގެން ސިޔާސީ މަޤާމަކަށް ކުރިމަތިނުލެވުމަކީ އެހެން އެއްވެސް ޤައުމެއްގެ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫނެވެ.
"އުމުރުން 93 އަަހަރު ވެފައިވާ ޑރ. މަހާތީރު މުޙައްމަދު އެހާމަކޮށްދެއްވީ ދޮށީ މީހުންގެ އުމުރުގެ މީހުންނަކީ ވެސް އެހެން މީހުންނެކޭ އެއް ހަމައެއްގައި ޤައުމަށް ޚިދުމަތްކޮށް ދެވޭނެ މީހުން ކަމެވެ. ރާއްޖޭގާ ދޮށީ އުމުރުގެ މީހުންނަށް ޤައުމަށް ޚިދުމަތްކުރަން އަޅާފަ ހުރި ހުރަސްތައް ނައްތާލަން ގޮވާލަން."
93 aharu vefai vaa Dr. Mahathir Mohamed e haama koh dhevvee dhoshee umuruge meehunnakee ves ehen meehunnekey eh hamayeh gaa gawmah khidhumaiy koh dheveyne meehun kameve. Raajjey gaa dhoshee umuruge meehunnah gawmah khidhumaiy kuran alhaafa huri huras thah naththaalan govaalan
— Abdullah Kamaludeen (@akdeen) May 10, 2018