ކާފަ ބޭފުޅުންނަށް މައުމޫން އަރިހަށް ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސަވާދެއްވުމަށް ނަސްރީނާ އެދިލައްވައިފި

ކިޔުމަށް ހޭދަވާނީ 57ސ
ކާފަ ބޭފުޅުންނަށް މައުމޫން އަރިހަށް ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސަވާދެއްވުމަށް ނަސްރީނާ އެދިލައްވައިފި
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ބައްދަލު ކުރުމަށް ދޫނިދޫއަށް ދިޔުމުގެ ހުއްދަ، އެމަނިކުފާނުގެ ކާފަ ބޭފުޅުންނަށް ދެއްވުމަށް، ރައީސް މައުމޫން ގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް އެދިވަޑައިގެންފިއެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ނަސްރީނާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ރައީސް މައުމޫން މާފުށީގައި ހުންނެވިއިރު އެމަނިކުފާނާއި ބައްދަލު ކުރުމުގެ ފުރުސަތު ކާފަ ވިދާޅުވާ ބޭފުޅުންނަށް ލިބުނު ކަމަށާއި އެހެންކަމުން ދޫނިދޫގައި ހުންނަވާއިރު ވެސް އެފުރުސަތު ލިބިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން ނަސްރީނާ ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ ހާލުކޮޅު ބޮޑުވެ ކޮންމެ ރެއަކުހެން ނަސްރީނާ ދޫނިދޫއަށް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ ހާލުކޮޅު ދެކިލަން ކާފަ ބޭފުޅުންގެ ވެސް ނުހަނު ބޭނުންވާ ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ރައީސް މައުމޫންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެމަނިކުފާނު ގޭބަންދަށް ބަދަލު ކޮށްދެއްވުމަށް އާއިލާއާއި ވަކީލުންދަނީ އަޑުހަރުކޮށް ގޮވާލަމުންނެވެ.

މިއަދު އޮންލައިން