2017 ވަނަ އަހަރު މަސްކިރުވި މިންވަރު 42 އިންސައްތަ އިތުރުވެއްޖެ

ކިޔުމަށް ހޭދަވާނީ 32ސ
2017 ވަނަ އަހަރު މަސްކިރުވި މިންވަރު 42 އިންސައްތަ އިތުރުވެއްޖެ
މިދިޔަ އަހަރު ރާއްޖޭގައި މަސްކިރުވި މިންވަރު އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު %42 އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްްްއޭ އިން އާންމުކޮށްފައިވާ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، މަސްކިރުވި މިންވަރު މިދިޔަ އަހަރު އިތުރުވެ 76.6 ހާސް މެޓްރިކްޓަނުގެ މަސް އެއަހަރު ކިރުވާފައިވާ ކަމަށެވެ.

މަސްކިރުވި މިންވަރު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ކަޅުބިލަމަސް ކިރުވި މިންވަރު ވަރަށް ބޮޑުތަން އިތުރުވުމާ ކަންނެލި މަސް ވެސް ކިރުވި މިންވަރު ކޮންމެވެސް ވަރަކަށް އިތުރުވުމާއި ގުޅިގެން ކަމަށް އެމްއެމްއޭ ގެ އެރިޕޯޓުގައިވެއެވެ.
މިއަދު އޮންލައިން