އުއްތަމަ ފަނޑިޔާރާ އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ހުކުމް ކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
އުއްތަމަ ފަނޑިޔާރާ އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ހުކުމް ކޮށްފި
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދައުވާގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އެއް އަހަރާއި ހަ މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ދެފަނޑިޔާރުންގެ މައްޗަށް އަހަރަކަށްވުރެ ގިނަ ދުވަހުގެ ބޮޑު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވާފައިވާއިރު، ޖެމްސް ހުއްޓުވި ކަމަށް ބުނާ މައްސަލާގައި އުއްތަމަ ފަނޑިޔާރަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. ނަމަވެސް އެމައްސަލަ އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފައެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ވެސް ދައުލަތުން އިތުރު ދެ ދައުވާއެއް ދަނީ ކުރަމުންނެވެ. އެއީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތަހުމަތުގައި ކުރާ ޓެރަރިޒަމްގެ ދައުވާއެވެ.

އެމައްސަލާގައި އެފަނޑިޔާރުންގެ މައްޗަށް ސިއްރު ދެ ހެއްކަކު ހެކިބަސް ދީފައިވާއިރު އެދެބޭފުޅުންނާއި ދެކޮޅަށް ދެ ފަނޑިޔާރަކު ދީފައިވާ ބަޔާންތަކެއް ދާދިފަހުން ވަނީ ލީކުވެފައެވެ.
މިއަދު އޮންލައިން