ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ތެލެސީމިއާ ވޯޑެއް ގާއިމުކުރުމަށް ދިރާގުން އެހީތެރިވެއްޖެ

ކިޔުމަށް ހޭދަވާނީ 41ސ
ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ތެލެސީމިއާ ވޯޑެއް ގާއިމުކުރުމަށް ދިރާގުން އެހީތެރިވެއްޖެ
ދިވެހި ރާއްޖޭގައި އެންމެ ގިނަދުވަހު މުއާސަލާތީ ޚިދުމަތް ދިން ފަރާތްކަމުގައިވާ ދިރާގުން، ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ތެލެސީމިއާ ވޯޑެއް ގާއިމް ކުރުމަށް އެހީތެރިވެއްޖެއެވެ.

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ތެލެސީމިއާ ވޯޑެއް ގާއިމު ކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން، ތެލެސީމިއާ ވޯޑު ގާއިމް ކުރުމަށް ބޭނުންވާ ބައެއް މުހިންމު މެޑިކަލް އެކުއިޕްމެންޓާއި އާލާތްތައް ވެސް ވަނީ ހަދިޔާ ކޮށްފައެވެ.

އެހޮސްޕިޓަލަށް ދިރާގުގެ ފަރާތުން މިއެހީތެރިކަން ހަވާލުކޮށްދެއްވީ ދިރާގު ލ. އަތޮޅު ރީޖަނަލް އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރ އަހުމަދު އަލީ އެވެ. އަދި މިއެހީއާއި ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ޑައިރެކްޓަރު އަބްދުލް ހަންނާނު އެވެ.
މިއަދު އޮންލައިން