ކުރީގެ ކޮމިޝަނަރ އިފް ޕޮލިސް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުންކަމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.
މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 އަށެވެ.
ސީޕީ އަރީފުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި އަރީފުގެ ބައިވެރިވުން އޮތް ކަމުގައި ބުނެއެވެ.