ޖޭއެސްސީ އިޞްލާޙުކުރެވޭނީ 3 މެންބަރުން އުނިކޮށްގެން: ޤާސިމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޖޭއެސްސީ އިޞްލާޙުކުރެވޭނީ 3 މެންބަރުން އުނިކޮށްގެން: ޤާސިމް
ރާއްޖޭގެ ޖުޑީޝަރީ ސިޔާސީ ނުފޫޒުން މިނިވަން ކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކޮށް 3 މެންބަރުން އުނިކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރުމަކީ އެ މަނިކުފާނުގެ ޖުޑީޝަލް ރީފޯމް އެޖެންޑާގެ އެންމެ އިސް މަސައްކަތްޕުޅު ކަމަށެވެ.

ޤާސިމް އިބްރާހީމް މިއަދު ޓްވީޓް ކުރައްައި ވިދާޅުވީ ރާއްޖޭގެ ޖުޑީޝަރީ ސިޔާސީ ނުފޫޒުން މިނިވަން ކުރެވޭނީ ގާނޫނު އަސާސީގައި ފަނޑިޔާރުން ޖަވާބުދާރީ ކުރުމަށް އޮންނަ މިނިވަން މުއައްސަސާ ކަމަށްވާ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށްގެނަ ކަމަށެވެ. އެގޮތުން އެމާއްދާގައިވާ ކޮމިޝަނުގެ މެންބަރުންގެ އަދަދު 10 އަކުން 7 އަކަށް ބަދަލުކޮށް 158 ވަނަ މާއްދާގެ ބ، ކ އަދި އ އުނިކުރާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތެވެ.

އެމާއަދާ މިހާރު އޮތްގޮތަށް ބަލާއިރު އެ މާއްދާގެ ބ ގައި ވަނީ، ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއް ހުންނަން ޖެހޭނެ ކަމަށެވެ. ކ ގައި ވަނީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ހުންނަން ޖެހޭނެ ކަމަށެވެ. އަދި އ ގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެނަބަރަކު ހުންނަން ޖެހޭނެ ކަމަށެވެ.

މިހާރު ޖޭއެސްސީ ހިނގަމުންދާގޮތުން މި 3 މެންބަރުންނަކީވެސް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބާރާއި ނުފޫޒުގައި ތިބެގެން ކަންކަން ނިންމާ ބައެކެވެ.






މިއަދު އޮންލައިން