15،000 ހައުސިންގ ޔުނިޓް ނިމުނީމާ ގެދޮރު ބޭނުންވާ އިތުރު ބައަކު ނުތިބޭނެ: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
15،000 ހައުސިންގ ޔުނިޓް ނިމުނީމާ ގެދޮރު ބޭނުންވާ އިތުރު ބައަކު ނުތިބޭނެ: ރައީސް ޔާމީން
"އަޅުގަނޑުގެ ޒަޢާމަތު ނިމިގެންދާއިރު 15،000 ހައުސިންގ ޔުނިޓް އަޅައި ނިމުނީމާ ދެން އިތުރަށް ގެދޮރު ބޭނުންވާ ބައަކު ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ "އެހެންވީމާ ކީއްކުރަން އަޅާ ގެދޮރެއްތޯ؟ ގެދޮރުގެ ވާހަކަ ނުދައްކަންވީ ނޫންތޯ؟ ދިވެހި ރައްޔިތުން މުއްސަނދިކުރާ ވާހަކަ ނުދައްކާ. ދިވެހިރާއްޖޭގެ އިސްތިޤްލާލުގެ ވާހަކަ ނުދައްކާ. ދިވެހިރާއްޖެއަކީ މިނިވަން ކަރާމާތްތެރި ދައުލަތެއްގެ ވާހަކަ ނުދައްކާ. މިމީސްމީހުން ނޫންތޯ ތިބެގެން ބޭރުގެ ސިފައިން މިތަނަށް ގެންނަ ވާހަކަ ދެއްކީ؟" ރައިސް ޔާމީން ވަނީ ސުވާލު ކުރައްވައިފައެވެ.

ރައީސް ޔާމީން ވަނީ ދާދިފަހުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީ އިން ހިންގާ 100،000 ހައުސިންގ ޔުނިޓުގެ ބިޔަ މަޝްރޫއެއް އިފްތިތާޙްކޮށް ދެއްވައިފައެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ވިދާޅުވީ މިހާރު ހުޅުވާލާފައިވާ 15،000 ހައުސިންގ ޔުނިޓުގެ މަޝްރޫއު އިން ގެދޮރު ބޭނުންވެގެން މިހާރުވެސް 50،000 މީހުން ފޯމް ގެންގޮސްފައިވާ ކަމަށެވެ.
މިއަދު އޮންލައިން