ޖަލުތަކުގަ ތިބެންޖެހެނީ ޖަލުތައް އަޅާފަ ހުރީމަ: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޖަލުތަކުގަ ތިބެންޖެހެނީ ޖަލުތައް އަޅާފަ ހުރީމަ: ރައީސް ޔާމީން
ރާއްޖޭގެ ޖަލުތަކުގައި މީހުންނަށް ތިބެންޖެހެނީ ޖަލުތައް އަޅާފައި ހުރީމަ ކަމަށާއި ބޯހިޔާވަހިކަން ނުލިބިގެން އެވާހަކަތައް ދައްކަންޖެހެނީ ގެދޮރު ނެތީމައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެމީހުންގެ ހައްޤުތައް އަޅުގަނޑުމެންގެ ޤާނޫނުތަކުން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ މަންދޫބުން ކަންތައްތައް އެބަ ބައްލަވާ ކަމަށެވެ. "އެހެންވީމާ އެމީހުންގެ ޙައްޤުތައް ގެއްލިގެން އުޅޭ ވާހަކަ އަޅުގަނޑުމެން ނުދައްކަމާ ހިނގާ"

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ ކަންކަން ކުރަމުންދަނީ ވަށާޖެހޭ ގޮތަށް ކަމަށާއި ވަށާ ނުޖެހިގެން އުޅޭވާހަކަ އިވިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އަބަދުވެސް އިވިވަޑައިގަންނަވަނީ ކޮންމެވެސް ޒާތީ ކަންތައްތަކެއްގެ ވާހަކަ ކަމަށެވެ.

ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ އެއްވެސް ސިޔާސީ ލީޑަރަކު ރާއްޖޭގައި ނުހުންނާނެ ކަމަށާއި އެފަދަ ލީޑަރުން ތިބިނަމަ މިހިސާބަށް އައިއިރު ރާއްޖޭގައި ކޮރަޕްޝަން އޮންނާނީ ހުއްޓުވާފައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދު އޮންލައިން