އައިޖީއެމްއެޗް ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
އައިޖީއެމްއެޗް ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރަމުން އަންނަ ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބާތާއެކު މިއަދުން ފެށިގެން އައިޖީއެމްއެޗްގެ ނަރުހުން ވަޒީފާއަށް ނުކުމެފައިވަނީ ހުދު ކުލައާއި ވިލު ނޫކުލައިގެ މާތަކެއް ޖަހާފައިވާ ޔުނީފޯމެއްގައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ނަރުހުން އެ ޔުނީފޯމާއެކު އުޅޭނީ ހަމައެކަނި ހޮސްޕިޓަލްގެ އެތެރޭގައި ކަމަށެވެ. ކުރިން ޔުނީފޯމާއެކު ނަރުހުންނަށް ހޮސްޕިޓަލުން ބޭރަށް ނުކުތުމުގެ ހުއްދަ އޮތަސް، މިއަދުން ފެށިގެން ޔުނީފޯމުގައި ނަރުހުން ހޮސްޕިޓަލުން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ނަރުހުން ލަމުން ދިޔައީ ހުދު ކުލައިގެ ޔުނީފޯމެކެވެ. ފަހުން އައިޖީއެމްއެޗުން ބަދަލުކުރީ ނަރުހުން މަޑު ނޫ ކުލައިގެ ޔުނީފޯމެއް ލައި ގޮތަށެވެ. މިއަދުން ފެށިގެން މާތަކެއް ޖަހާފައި ހުރި ޔުނީފޯމެއް ލައި ގޮތަށް ހަމަޖެއްސިއިރު، މިއީ ނަރުހުންގެ ޔުނީފޯމަށް ބަދަލު ގެނައި މިއީ ދެވަނަ ފަހަރެވެ.





މިއަދު އޮންލައިން