އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ރޯދަމަހުވެސް ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމާއި، ކުންފުނި، ކޮލެޖް، ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމާއި، އައުޓްރީޗް ޕްރޮގްރާމްތަކާއި، މިސްކިތްތަކުގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމްތަކާއި، ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް މުޞްޙަފް މާލްދީފް ބެހުމާއި އަދި ސޯޝަލް މީޑީއާގައި ކައުންޓް ޑައުން ކުރިއަށް ގެންދިއުން ހިމެނޭކަމަށް އެ މިންސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިއަހަރު އަލަށް ޢާންމުނަށް ހުޅުވާލައިގެން ރަމަޟާންމަހުގެ ފަހު 15 ދީނީ ސުވާލު މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެމިނިސްޓްރީން ބުނެފައެވެ.