މޫސުން ގޯސްވުމާ ގުޅިގެން ހއ. އަތޮޅުން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ކިޔުމަށް ހޭދަވާނީ 29ސ
މޫސުން ގޯސްވުމާ ގުޅިގެން ހއ. އަތޮޅުން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ ގިނަ ހިސާބުތައް ވިއްސާރަކޮށް މޫސުން ގޯސްވުމާ ގުޅިގެން، ހއ.އަތޮޅުން ފެށިގެން މ.އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 13:30 އުން ފެށިގެން އިރުއޮއްސި 18:30 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ގުގުރުން ވެސް އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރުކުރާނެކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން