ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި
ބަދަލުތަކަކާއެކު ކްރިމިނަލް ކޯޓުގެ ވެބްސައިޓް ރޭ އިފްތިތާހުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވެބްސައިޓް އިފުތިތާހުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފާއި، ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޤާޒީ އާދަމް އާރިފެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި، އާ ވެބްސައިޓް ފަރުމާކޮށްފައިވަނީ ރައްޔިތުންނަށް ގިނަ މައުލޫމާތު ފަސޭހައިން ބަލައިލެވޭނެ ގޮތަކަށެވެ. އެ ގޮތުން، ކޯޓުގެ ނިންމުންތަކާއި، ޤަޟިއްޔާތަކާއި، ކޯޓުގެ ތަފާތު ހިސާބުތަކާއި، ކޯޓުން ހިންގާ މައްސަލަތަކުގެ ތާވަލާއި، ކޯޓުގައި މި ވަގުތު ބޭނުންކުރަމުން އަންނަ ފޯމުތަކާއި، ވަކީލުންނާ ގުޅުން ހުރި ގިނަ މައުލޫމާތުތައް ހުންނާނެއެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިޖުތިމާއީ ކޮމެޓީގެ ހަރަކާތްތައް ފެނިގެންދާނެ ގޮތަށް އެ ވެބްސައިޓުގައި އަލަށް ޕޭޖެއް ވެސް ވަނީ ތައާރަފުކޮށްފައިވެއެވެ.
މިއަދު އޮންލައިން