ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މޫސުމާއި ބެހޭ ގޮތުން އެއޮފީހުން އާންމުކުރާ މޫސުމުގެ ތަފްސީލުގައިވާ ގޮތުން ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.
މީގެއިތުރުން މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި ރާއްޖެއަށް ވައިޖެހޭނީ ދެކުނާ ހުޅަނގު ދެކުނު އުތުރާއި މެދުތެރެއަށް ގަޑިއަކު ހަތް މޭލާއި 15 މޭލާދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ތިން މޭލާ 10 މޭލަށް ވައިގަދަވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.