މައުލޫމާތު ލިބިފައިވާ ގޮތުގައި، އެސާމަރާ ދޫންޏަކީ މާލޭގެ ގެއެއްގައި ގެންގުޅެމުން ދިޔަ ދޫންޏެކެވެ. އަދި އޭތި ގެއްލިފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި ގެއެއްގެ ފުރާޅު މަތީގައި އިން ސާމަރާ ދޫންޏެއް ހިފާ، އޭގެ ވެރިފަރާތާއިވަނީ ހަވާލު ކުރެވިފައެވެ.
ސާމަރާ ދޫންޏަކީ އާންމުގޮތެއްގައި ރާއްޖެއިން ފެންނަ ދޫންޏަކަށް ނުވާއިރު،އެފަދަ ދޫނި ގެންގުޅުން ހުއްދަތޯ ބައެއް ފަރާތްތަކުން ކުރަމުންދިޔަ ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުން ބުނީ ސާމަރާ ދޫންޏަކީ ރާއްޖެ އެތެރެ ކުރުން މަނާ ބާވަތެއްގެ ދޫންޏެއް ނޫން ކަމަށެވެ.
އެސާމަރާ ދޫންޏަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނީ ސޯޝަލް މީޑިއާގައި މީހަކު އޭގެ ފޮޓޯއެއް ނަގާ، އާންމު ކުރުމަށްފަހުއެވެ. އެފޮޓޯގައި އެމީހާ ބުނެފައިވަނީ އެސާމަރާ ދޫނި އެމީހުންގެ ގޭ ފުރާޅު މަތީގައި އިން ކަމަށާއި އެއީ ހޫނުގަދަ ދުވަހަކަށްވުމުން، އޭގެ ވެރި ފަރާތުން އަވަހަށް އެސާމަރާ ދޫންޏާއި ހަވާލުވުމަށެވެ.