މެޑަމް ފާތުންގެ ސަދަގާތު ފައުންޑޭޝަނުން ކަދުރު ބަހަން ފަށައިފި

ކިޔުމަށް ހޭދަވާނީ 36ސ
މެޑަމް ފާތުންގެ ސަދަގާތު ފައުންޑޭޝަނުން ކަދުރު ބަހަން ފަށައިފި
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ގެ ޖަމިއްޔާ ސަދަގާތު ފައުންޑޭޝަނުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ކަދުރު ބަހަން ފަށައިފިއެވެ.

އެގޮތުން މިއަދު ހަވީރު މާލޭގެ މަގުމަތީގައާއި ބަނދަރު މަތީގައި މެޑަމް ފާތުންގެ ފައުންޑޭޝަންގެ ފަރާތުން ގިނަ އަދަދެއްގެ ކަދުރު ބަހާފައިވެއެވެ. އަދި ކަދުރު ބެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ކަދުރު ބެހުމުގައި ހަރަކާތްތެރިވި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ، ސަދަގާތު ފައުންޑޭޝަންގެ ފަރާތުން ބަހާ ކަދުރަކީ މެޑަމް ފާތުންގެ ހެޔޮ އެދުންތަކާއެކު ބަހާ ކަދުރު ކަމަށެވެ.


މިއަދު އޮންލައިން