އަހަރު ތަކަކަށްފަހު ބަހާނެ ކަދުުރު މިއަަހަރު އަދި ނުލިބޭ!
ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ހިލޭ ކަދުރު ބަހަމުން އަންނަތާ ގިނަ އަހަރުތަކަކަށްފަހު ބަހާނެ ކަދުރު މިއަހަރު އަދި ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
"ލިބޭ ކަމުގެ އެއްވެސް އުންމީދެއް އެބައޮތްތޯ؟" ސުވާލުކުރުމުން މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ސުވާލަށް އަދި އެއްވެސް ޖަވާބެއް ދެވެން ނެތް ކަަމަށެވެ.
ފާއިތުވި ގިނަ އަހަރުތަކެއްގައި ސައުދީ ސަރުކާރުން ވަނީ ރަމަޟާން މަހާއި ގުޅުވައިގެން ބެހުމަށް ކޮންމެ އަހަރަކު 50 ޓަނު ކަދުރު ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓަރުކަމުގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހުންނެވި ދުވަސްވަރުން ފެށިގެން ޔޫއޭއީ އިންވެސް އައީ ކަދުރު ހަދިޔާކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މަހާރެހެންދި ފާޠިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން ހިންގަވާ ޞަދަޤާތް ފައުންޑޭޝަނުން އިއްޔެ ވަނީ ކަދުރު ބަހަން ފަށައިފައެވެ.