ލޭނު އަޅައިގެން މަސްވެރިކަންކުރުމުގެ ލައިސަންސް ހޯދަން ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 33ސ
ލޭނު އަޅައިގެން މަސްވެރިކަންކުރުމުގެ ލައިސަންސް ހޯދަން ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ
ޚާއްޞައިޤްތިޞާދީސަރަޙައްދުގައާއިއިންޑިއަންއޯޝަންޓޫނާކޮމިޝަންގެއިޚްތިޞާސްގެތެރޭގައިހިމެނޭ މާކަނޑުގެ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ޝައުޤުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމަށް މި މިނިސްޓްރީގެ ފަރާތުން ދަޢުވަތު އަރުވަމެވެ.

ކޯޓާ ވިއްކަން ހަމަޖެހިފައިވަނީ ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމުގެ ޤަވާއިދާއި ބޭރު ކަނޑުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ އުސޫލުގެ ދަށުންނެވެ. މި ޤަވާއިދާއި އުސޫލު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވިއްކުމަށް ހަމަޖެހިފައިވަނީ 15،000 މެޓްރިކް ޓަނުގެ ކޯޓާކަމަށެވެ. އަދި ކޯޓާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން މި އަދަަދަށްވުރެެ ގިނައިން ކޯޓާއަށް އެދި ހުށަހަޅާފައިވާނަމަ، ކޯޓާ ދޫކުރާނީ ނީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށްކަމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުގައި ބުނެފައިވެއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމުގެ ލައިންސަންސަށް އެދި އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ. އެކަމުގެ ލައިންސަންސަށް އެދި ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭ ފޯމު ފިޝާރީޒް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑު ވެސް ކުރެވޭނެއެވެ.



މިއަދު އޮންލައިން