ބ. އަތޮޅު ދޮންފަނުގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބ. އަތޮޅު ދޮންފަނުގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި
ބ. ދޮންފަނުގައި ބިނާކުރެވުނު އައު މިސްކިތް "މަސްޖިދުލްހިދާޔަތު" ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. ދައުލަތުގެ ބަޖެޓް ޚަރަދުކޮށް ބިނާ ކުރި މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ބޮޑު މިސްކިތެކެވެ.



މި މިސްކިތް ހުޅުއްވައި ދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް އިބްރާޙިމް އަޙްމަދު އާއި އަބްދުލް ޣަފޫރު އަޙްމަދު ބ. އަދި ރ. އަތޮޅަށް ކުރައްވާ ޚާއްސަ ދަތުރުފުޅުގައި މިއަދުގެ މެންދުރު ނަމާދުގެ ކުރިން ބޭއްވިޚާއްޞަ ރަސްމިއްޔާތެއްގައެވެ.



އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު އަޞްރު ނަމާދުގެ ކުރިން ބާއްވާޙާއްޞަ ރަސްމިއްޔާތެއްގައި ބ. ކިހާދުގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް ހުޅުވުމަށްވަނީ ހަމަޖެހިފައިކަމަށެވެ. ދައުލަތު ބަޖެޓުން ބިނާ ކުރިމަސްޖިދުލް ތަޢާވުންމިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.



މި ދަތުރުފުޅުގައި 2018 މޭ 14 ވަނަ ދުވަހުގެ މެންދުރު ނަމާދުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ރަސްމިއްޔާތެއްގައި ރ.ރަސްގަތީމުގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް ހުޅުވުމަށްވަނީނިންމާފައެވެ. ދައުލަތު ބަޖެޓުން ބިނާ ކުރިމަސްޖިދުލް މާލިކު 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.



މިއީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދުގެ ޙާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން މިސްކިތްތަކުގެ ހާލަތު ބެއްލުވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

މިއަދު އޮންލައިން