މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދުވަހުގެ ނިޔަލަށް ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާނު ކޮށްފިއެވެ.
އެއޮތޯރިޓީން ބުނި ގޮތުގައި ހަވީރު 18:00 އިން ފެށިގެން ހެނދުނު 8:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެއެވެ.
މީގެއިތުރުން ހެނދުނު 10:00 ން ހަވީރު 15:00 އަށް ފެނާއި ކައްކާއިރު ބޭނުންކުރާ ގޭސް 350 ކިލޯއަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި އުފުލޭނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެއެވެ.
ކޮންމެ ދުވަހެއްގެވެސް ހަވީރު 15:00 އިން ފެށިގެން 18:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެއް ކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނުގައިވެއެވެ.