ބަންޑުން ޖެހި ދޯންޏެއްގައި ހުރި މުދާތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 39ސ
ބަންޑުން ޖެހި ދޯންޏެއްގައި ހުރި މުދާތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި
އއ. ތޮއްޑޫގެ އުތުރުން ތިން މޭލު ބޭރުން "މަސް ނަނު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖެހުމުގެ ސަބަބުން، އޭގައި ހުރި ބައެއް މުދާތައް އޮޔާދާތީ އެސަރަޙައްދުން ދަތުރުކުރާ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެންއެމްޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މާލެއިން ފުރައިގެން ބ. ސޮނޭވާފުއްޓަށް ދަތުރު ކުރަމުންދިޔަ 95 ފޫޓުގެ މިދޯނި ދިޔަވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިރޭ 19:12 ކަންހާއިރުއެވެ.

މިހާދިސާގެ މައުލޫމާތު ލިބުމާއި ގުޅިގެން އެސަރަޙައްދަށް ދަތުރު ކުރަމުން ދިޔަ ޕޮލިސް ލޯންޗަކަށް އެދޯނީގައި ތިބި ފަސް މީހުން ވަނީ ނަގާފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މިއަދު އޮންލައިން