ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 22 ރުފިޔާ - ރެކޯޑް އަދަދެއް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 3ސ
ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 22 ރުފިޔާ - ރެކޯޑް އަދަދެއް
ބީއެމްއެލްގެ މިދިއަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 118.4 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅައި ހިއްސާއަކަށް 22 ރުފިޔާ ދިނުމަށް ފާސްކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދި މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ ރެކޯޑް އަދަދެކެވެ.

މިކަމަށް ފާސްކޮށްފައިވަނީ މިރޭ ހޮޓެލް ޖެން ގައި ކުރިއަށް ގެންދިއަ ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައެވެ.

މި އާއެކު ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރުގެ ގޮތުގައި ދައުލަތަށް ހިއްސާގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރު އިތުރުވެ، އަދި ރިޕޯރޓްތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 378 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން2017 ވަނަ އަހަރު ބީއެމްއެލް އަށް ލިބުނު ސާފުފައިދާ ވަނީ 1.416 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޖުމްލަކޮށް ކުރީއަހަރާ އަޅާބަލާއިރު %4 އިތުރު އަދަދެކެވެ. އަދި އެއް މިންގަނޑަކުން ކުރީ އަހަރާ އަޅާބަލާއިރު %20 ގެކުރިއެރުމެކެވެ. އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ %7 އިން %4.1 އަށްދަށްކުރެވި، އަލަށް ދޫކުރެވުނު ލޯނުތަކުގެ އަދަދު ވަނީ 4.4 ބިލިއަން ރުފިޔާއަށްއ ަރާފައެވެ. މިލޯނު ތަކުން އާންމު ފަރުދުންނާއިވ ިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. ޑިޕޮސިޓްތައް ވަނީ އިތުރުވެފައެވެ. މިއީ މާކެޓަށް ބަލާއިރުޑ ިޕޮސިޓް އިތުރުވާ މިންވަރަށްވުރެ މަތީނިސްބަތެކެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށްވުރެ މަތީމިންވަރެއްގައި ހިފެހެއްޓިފައެވެ.

މި ވޭތުވެ ދިޔަ 2017 ވަނައަހަރުބީއެމްއެލްއިންވަނީ 'އަހަރެންގެބޭންކް' ގެދަށުން މުޖުތަމައަށް އެހީތެރިވުމަށް މިހާތަނަށް ބޭންކުން ހިންގި އެންމެބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ހިންގާފައެވެ. މިޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާ އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ތަފާތު 50 ޕްރޮޖެކްޓަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ. މީގެއިތުރުން މިދިޔަ އަހަރު ބޭންކުންވަނ ީއަތޮޅުތަކުގައި 3 ބްރާންޗާއި 14 ސެލްފްސާވިސް ބޭންކިން ސެންޓަރ ގާއިމްކޮށްފައެވެ. މީގެއިތުރުން ވެސް ބޭންކުގ ެބްރާންޗެއް ނުވަތަ އޭޓީއެމް އެއް ނެތް ރަށްތަކުގައި ބޭންކިންގ ޚިދުމަތްދިނުމަށް ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުންގެ ޚިދުމަތް އިތުރު ރަށްތަކަކަށް ފުޅާކޮށް، ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދު ވަނީ 191 އިން 230 އަށްއިތުރުކޮށްފައެވެ.

ހިއްސާދާރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ " ވޭތުވެދިޔަ އަހަރު އަޅުގަނޑުމެންނަށް ހޯދުނު ނަތީޖާ އާއެކު މިވަނީ ބޭންކުގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު އިތުބާރުކަމެއް ލިބިފައި. އަދި ބޭންކުގެ މާލީ ހާލަތު ރަނގަޅުވުމުގެ ސަބަބުން މިވަނީ ވިޔަފާރި އިތުރަށް ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް މަގުފަހިވެގެންގޮސްފަައި. އަޅުގަނޑުމެންގެ މާލީ ނަތީޖާ އާއި އެހެން ބޭންކުތަކުގެ ނަތީޖާ އާ އަޅާބަލާއިރު ކުރިއެރުން ލިބިފައިވަނީ ހަމައެކަނި ވިޔަފާރީގެ ނިސްބަތަކުން ނޫން. އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތަށް ބަލާއިރުވެސް މިވަނީ ކާމިޔާބީތަކެއް ހޯދިފަ. ބޭންކުގެ އުފެއްދުންތެރި ނޫން ލޯނު ތަކުގެ ނިސްބަތް ހުރީ މާކެޓުގެ އެވްރެޖަށްވުރެ ދެބައިކުޅަ އެއްބައި ދަށް މިންވަރެއްގައި. ރާއްޖެއިން ބޭރަށް ޚިދުމަތް ފުޅާކުރަމަށް ނިންމާފައިވާއިރު ބޭންކުން ކުރާ ކޮންމެ ކަމެއްގައި ހަރުދަނާކަންމަތީ ރިސްކް ބެލެހެއްޓުމަކީ ވަރަށް މުހިންމުކަމެއް. އަޅުގަނޑުމެން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަމުންދާނީ ކަސްޓަމަރުންނާއި، ހިއްސާދާރުންނާއި މުވައްޒަފުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް." ކަމަށެވެ.
މިއަދު އޮންލައިން