ބީއެމްއެލް ގެ ފައިދާ 4 އަހަރުތެރޭ 2 ގުނައަށް އަރައިފި- ފަޚްރުވެރިވަން: އެންޑްރޫ ހީލީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 7ސ
ބީއެމްއެލް ގެ ފައިދާ 4 އަހަރުތެރޭ 2 ގުނައަށް އަރައިފި- ފަޚްރުވެރިވަން: އެންޑްރޫ ހީލީ
ބޭންކް އޮފް މޯލްޑިވްސް އިން މާލީ ގޮތުން ހޯދުނު ނަތީޖާއަށް ބަލާއިރު ބޭންކަށް ލިބޭ ފައިދާ މިވަނީ މިދިޔަ 4 އަހަރުތެރޭ ދެގުނަ އިތުރުވެފައިކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ ހީލީ ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަރަށް ކާމިޔާބު އަހަރެއް ނިންމާލުމަށްފަހު، މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް މައުލޫމާތު ދެއްވަމުން ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިއީ ހަރުދަނާ ގޮތެއްގައި ވިޔަފާރި ފުޅާކުރެވި އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވުމުގެ ސަބަބުން ހޯދުނު ނަތީޖާ އެއް ކަމަށެވެ. އަދި މިދިއަ ހަތަރު އަހަރުތެރޭ އުފެއްދުންތެރިނޫން ލޯނުގެ ނިސްބަތްވަނީ %20.3އިން %4.1 އަށް ދަށްކުރެވިފައި ކަމަށާއި ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ ގެ އަގަށް އައި %240 ގެ ކުރިއެރުމާއެކު ހިއްސާދާރުންނަށް ވަނީ އެކަމުގެ ފައިދާ ލިބިފައި ކަމަށެވެ. އަދި މި މުއްދަތުގައި ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ބޭންކުންވަނީ 1.3 ބިލިއަން ރުފިޔާދައުލަތަށް ދައްކާފައި ކަމަށެވެ.

އެންޑްރޫ ހީލީ ވަނީ 2014 ވަނަ އަހަރުން ފެށިގެން ބޭންކުން ހޯދަމުން އަންނަ ނަތީޖާތަކަށް އަލިއަޅުއްވާލައްވާފައެވެ. މި ގޮތުން އެ އަހަރު ބޭންކުން ކަނޑައެޅި ތަސައްވުރަށް ވާސިލްވުމަށްޓަކައި މިހާތަނަށްމާލީ ގޮތުން ހޯދާފައިވާ ކުރިއެރުމާއި، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތަށް ގެނުވުނު ބަދަލާއި މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް އާ ގުޅޭގޮތުން އެންޑްރޫ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ކަސްޓަމަރުންނަށް ދޭ ޚިދުމަތާ ގުޅޭގޮތުން އެންޑްރޫ ހީލީ ވިދާޅުވީ ޒާމާނީ ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ އެހީގައި ކަސްޓަމަރުން ޚިދުމަތް ހޯދާގޮތަށް ބަދަލުގެނެވި، މިއަދު ބޭންކުގެ ކަސްޓަމަރުން ހިންގާކޮންމެ 10 މުއާމަލާތަކުން 9 މުއާމަލާތް ހިންގަނީ އޮންލައިންކޮށް ކަމަށެވެ. މީގެ ކުރިން އާންމުކޮށް ކުރަންޖެހޭ މުއާމަލާތްތައް ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ކުރަމުންދިޔަ ނަމަވެސް މިކަމަށް ވަރަށް ބޮޑު ބަދަލެއް ގެނެވި، މި މުއާމަލާތްތައް މިހާރު ކުރަމުންދަނީ މޮބައިލް، އިންޓަރނެޓް އަދި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށެވެ. މިދިޔަ އަހަރު އޮންލައިންކޮށް 30 މިލިއަން މުއާމަލާތްކުރެވުނު އިރު މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.މި މުއާމަލާތްތަކުން ބްރާންޗްތަކުގެ ކިޔު ކުޑަކުރެވިގެންދިޔައެވެ. މިދިޔަ އަހަރު މާލޭގައި ހުޅުވި ކަސްޓަމަރ ސަރވިސް ސެންޓަރާއި، ޚިދުމަތަށް ގެނެވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް ދެވޭޚިދުމަތުގެ ފެންވަރުވަރަށް ބޮޑަށް ރަނގަޅުކުރެވި، ބީއެމްއެލްގެ ކަސްޓަމަރ ސެޓިސްފެކްޝަން ލެވެލް މިހާރު ވަނީ ރާއްޖޭގެ އެހެން ބޭންކުތަކަށްވުރެ މަތީގައެވެ. އަދި މި ލެވެލް ހުރީ އޭޝިއާ ގެ ސަރައްހައްދުގެ އެވްރެޖަށްވުރެ %8 މަތީގައެވެ.

މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން މި ދިޔަ އަހަރުތަކުގައި 100 އަށް ވުރެ ގިނަ ޕްރެޖެކްޓް ހިންގާފައިވާ ކަން އެންޑްރޫ ހީލީ ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމަށް ދިނުމުގެ ގޮތުން ކުރެވުނު މި އިންވެސްޓްމަންޓް ތަކުން ދިވެހި އެކި މުޖުތަމައުތަކަށް ވަރަށް ބޮަަޑު މަންފާއެއްވަނީ ލިބިފައެވެ. އަދި މިވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ބްރާންޗް ވިއުގަ 30 އިންސައްތައިން ފުޅާކުރެވި، 35 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއެކު އޭޓީއެމްގެ އަދަދު މިވަނީ ދެގުނަ އަށް އިތުރުކުރެވިފައެވެ. މިހާރު ކޮންމެ އަތޮޅެއްގައި ބޭންކުގެ ބްރާންޗެއް، އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބްރާންޗެއް، އޭޓީއެމް އެއް ނުވަތަ އެޖޭންޓެއް މިވަނީ ގާއިމްކުރެވިފައެވެ.

ހިއްސާދާރުންނާ ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯއެންޑްރޫ ހީލީވަނީ މުވައްޒަފުންނަށް ތައުރީފްކުރައްވައިފައެވެ. " އަޅުގަނޑު ދެކޭގޮތުގައި ބޭންކުގެއަމާޒަށްވާސިލްވުމަށްއަޅުގަނޑުމެން ކަނޑައަޅަފައިވާ ލަނޑުދަނޑިތައް ހާސިލްކުރަމުންދާކަން ތިޔަ ބޭފުޅުން ގަބޫލްކުރައްވާނެ. އަޅުގަނޑުމެން މާލީ ހާލަތު މިވަނީ ހަރުދަނާކަންމަތީގައި، ހަރުދަނާކަމާއިއެކު ރިސްކް ބެލެހެއްޓުމާއި ކަސްޓަމަރުންނަށް ދޭ ޚިދުމަތް މިވަނީ ރނަގަޅުކުރެވިފައ، އަދި ބޭންކަށް ލިބޭ ފައިދާ މިދަނީ އަޅުގަނޑުމެންގެ ޚިދުމަތްފޯރުކޮށްދޭ މުޖުތަމުތަކަށް އަނބުރާ ދެމުން. މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށްބުރަކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރުދަންނަވަން. މުވައްޒަފުން މަސައްކަތަށްދޭ އަހައްމިއްޔަތުކަމާ އަދި އެމުވައްޒަފުންގެ ހުނަރުވެރިކަމާއެކު އަޅުގަނޑުމެންގެ ޓީމުވެފައިމިވަނީ ވަރަށް ގާބިލް ޓީމަކަށް. އަޅުގަނޑު ދޭކޭގޮތުގައި ތިޔަ ބޭފުޅުންނާއެކު އަޅުގަނޑުމެން މުސްތަގްބަލާ ކުރިމަތި މިލަނީ ވަރަށް ބޮޑު އިތުބާރަކާއެކު." ކަމަށްވެސް އެންޑްރޫ ހީލީ ވިދާޅުވިއެވެ.

މިއަދު އޮންލައިން