"ޝަރީޢަތްތައް ދާގޮތަށް ބަލާއިރު ގިނަ ފަހަރަށް ސިއްރުން ހެކިދެނީ ދޮގުހެކި ދޭންވެގެން. ދޮގުހެކި ދިނުމަކީ ވވވ ބޮޑުފާފައެއް." މިއީ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުކުރައްވާފައިވާ ޓްވީޓެކެވެ.
ޑރ. އިޔާޟް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު މިހާރު ޖިނާޢީ ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތްތަކުގައި ވަރަށް ގިނަ އަދަދެއްގެ "ސިއްރު ހެކިން" ހެކި ބަސްދޭކަން ފާހަގަކޮށް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ސަރުކާރުން ދައުވާ އުފުލާފައިވާ ސިޔާސީ ބޭފުޅުންނަކީ އެއްވެސް ކްރިމިނަލް ރެކޯޑެއް އޮތް ބޭފުޅުންކަމަށް ނުވާއިރު އެބޭފުޅުން ކުރައްވާފައިވާ ކަމަކަށް ފައުޅުގައި ހެކިބަސް ދިނުމުން ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަން ޤާނޫނީ ވަކީލުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
އިސްލާމް ދީނުގައި ހެކި ބަހަކީ ޝަރީއަތުގެ މަޖިލީހުގައި ފައުޅުގައި ދޭންޖެހޭ އެއްޗެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ޞަހާބީންގެ ޒަމާނުގައި ހެކިބަސް ހޯއްދަވާފައިވަނީ ފައުޅުގައެވެ. ޝަރީއަތްތައް ކުރިއަށް ގެންދަވާފައިވަނީވެސް އެންމެންގެ ކުރިމަތީގައެވެ.
Shareeaiy thah dhaa gothah balaa iru gina faharah sirrun heki dhenee Dhogu Heki dheyn vegen.
— Dr Mohamed Iyaz (@dr_iyaz) May 13, 2018
Dhogu Heki dhinumaky vvv bodu faafa eh.