ރޯދަ މަހާ ދިމާކޮށް އަލްއަސްރު ޕަބްލިކޭޝަންސްގެ ފަރާތުން ދީނީ ޚާއްޞަ ދެ ފޮތެއް ނެރެފި
މި ފެށޭ ރަމަޟާން މަހާ ދިމާކޮށް އަލްއަސްރު ޕަބްލިކޭޝަންސްގެ ފަރާތުން ދީނީ ޚާއްޞަ ދެ ފޮތެއް ނެރެފިއެވެ.
"ކޫލްނަސް އޮފް ދަ އައިސް" ގެ ނަމުގައި އެ ޖަމިއްޔާއިން ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމާލުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެ ދެ ފޮތް ނެރެދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އަލްޝައިޚް ޢަލީ ޒާހިރު ބިން ސައީދު ޤާސިމެވެ.
އަލްއަސްރު ޕަބްލިކޭޝަންސްއިން ރޭ ނެރުނު ދެ ފޮތަކީ ޝައިޚް މުހައްމަދު އިބްރާހިމް ލިޔުއްވާފައިވާ ދެ ފޮތެކެވެ. އެއީ "ކިތާބު އައްސިޔާމް: ރޯދައިގެ ހުކުމްތައް" އަދި "ހިސްނުލް މުސްލިމް ދުޢާ" ދިވެހިން ތަރުޖަމާކޮށްފައިވާ ފޮތެކެވެ.
އަލްއަސްރު ޖަމިއްޔާއިން ބުނީ މާދަމާއިން ފެށިގެން ފޮތް ވިއްކާ ފިހާރަތަކުން ދެ ފޮތް ވެސް ވިއްކަން ހުންނާނެ ކަމަށެވެ. އަދި އެއަށްވުރެ ވެސް ކުރިން ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖަށާއި އިންސްޓަގްރާމް އެކައުންޓަށް މެސެޖެއްކޮށްލައިގެން ފޮތް ގަތުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ވެސް އަލްއަސްރުން ބުންޏެވެ.
މިއިން ކޮންމެ ފޮތެއްގެ އަގަކީ 60 ރުފިޔާކަމަށް އަލްއަސްރު ޕަބްލިކޭޝަންސްއިން ބުންޏެވެ.