ޖުމްހޫރީ ޕާޓީ އާ އަލަށް ގުޅިވަޑައިގަންނަވާ މުހިންމު ބޭފުޅުން ގުޅިވަޑައިގަތުމުގެ ރަސްމިއްޔާތު ބާއްވާނީ މިމަހުގެ 26 ވަަނ ދުވަހުގެ ރޭ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އެބޭފުޅުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ޕާޓީއާއި ގުޅިވަޑައިގަންނަވާނެކަމަށް ކުރިން ވިދާޅުވެފައިވީނަމަވެސް މިކަމަށްޓަކައި ބާއްވާ ޚާއްޞަ އިވެންޓް މިމަހުގެ 26 ވަނަ ދުވަހުގެ ރެއަށް މިހާރު ފަސްކުރައްވާފައިވާ ކަަމަށެވެ.
ތަފާތު ފަންނުތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން ގެންދަވަނީ ޖޭޕީ އާއި ގުޅިވަޑައިގަންނަވަމުންނެވެ.
Mi mahu 20ge kurin alhugandu ishaaraai kuri beyfulhun JP aa gulhi wadaigathumuge khaassa event, @Jumhooree_MV May 26 vana dhuvahuge reyah fas koffin. Qasim
— Qasim Ibrahim (@qasimibrahim) May 13, 2018