ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ޝިފާއު އައްޔަންކޮށްފި

ކިޔުމަށް ހޭދަވާނީ 50ސ
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ޝިފާއު އައްޔަންކޮށްފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސްކަމުގެ މަޤާމަށް ގދ.ފަރެސްމާތޮޑާ ރޭއަލިވާގެ، އަހުމަދު ޝިފާއު އައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް ޝިފާއު އައްޔަންކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު އެކަމަށްޓަކައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަންކުރާ ފުލްޓައިމް މެންބަރެއްގެ ގޮތުގައާއި، ރައީސްކަމަށް ޝިފާއު އައްޔަންކުރެއްވީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 86 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި މި ޤާނޫނުގެ 86 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.

އަހުމަދު ޝިފާއުއަކީ ޤާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވީ މޯލްޑިވްސް ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓެއްގެ މަޤާމުގައެވެ.


މިއަދު އޮންލައިން