މުޞްހަފް ގަންނަން ފިހާރައަކަށް ދާއިރު ދާންވާނީ ވުޟޫކޮށްގެންނެވެ.
"މުކްޝޮޕަކަށް ުޞްޙަފް ގަންނަން ގޮސްފަ ވުޟޟޫ ނެތި މުޞްޙަފް ގަނެގެން ގެއަށް ގެންދެވިދާނެތޯ" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ވުޟޫ ނެތި ކީރިތި ޤްރްއާނުގެ މުޞްޙަފްގައި އަތް ނުލެވޭނެ" ކަމަށެވެ.
އެހެންކަމުން މުޞްހަފް ގަންނަން ދާންވާނީ ވުޟޫކޮށްގެން ހުރެކަން ސާފުވެއެވެ.
ޑރ. އިޔާޟްގެ މި ބަސްފުޅަށް ބަލާއިރު މުޞްޙަފް ވިއްކުމަށް ފިހާރައިގެ މުވައްޒިފުނ އަތްލަން ވާނީ ވެސް ވުޟޫކޮށްގެން ތިބެކަން ހާމަވެއެވެ. ނަމަވެސް މިއީ މިހާރަކަށް އައިސް ވަރަށް ބޮޑަށް އިހްމާލުވަމުން އަންނަ ކަންކަންކަން ފާހަގަކުރެވެއެވެ.