އުއްމަތަށް ބޭނުން ޖެހޭ ޢިލްމުތައް އުނގެނުމަކީ އުއްމަތުގެ ދަރިންގެ މައްޗަށް ފަރުޟު ކިފާޔަތެއް ކަމަށާއި އެގޮތުން އަންހެނުންގެ ބަލިތަކާއި ބެހޭ ޑޮކްޓަރީކަން އުއްމަތުގެ އަންހެން ދަރިން ކިޔެވުމަކީ މިއަދު އުއްމަތަށް ނުހަނު ބޭނުން ޖެހިފައިވާ ކަމެއް ކަމުގައި ދީނީ ޢިލްވެރިޔާ ޝެއިޚް ޝަފީއު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝެއިޚް ވިދާޅުވި ގޮތުގައި ޑޮކްޓަރީކަން ކިޔަވާ ގިނަ އަންހެން ދަރިވަރުން އެފީލްޑުން ކުރިއަށް ނުދިޔުމަކީ ވަރަށް ހިތާމަ ހުރި ކަމެކެވެ.
"ވިސްނައިފި ކަމުގައިވަނީ ނަމަ، އުއްމަތުގެ ޙައްޤުގައި މިފީލްޑުން ކިޔަވައިފިނަމަ އޭނާގެ މުޅި އެވަޒީފާ ވެގެންދާނީ އަޅުކަމަކަށް" ޝެއިޚް ޝަފީއު އަބްދުﷲ ވިދާޅުވިއެވެ.