ތާރު އަޅާފައިވާ އިއްޒުއްދީން މަގުގެ ސަރަހައްދު ހުޅުވާލައިފި
އިއްޒުއްދީން މަގުގައި ތާރުއަޅައިގެން ހަދާފައިވާ ސަރަހައްދު މިއަދު ހެނދުނު އާންމުން ހުޅުވާލައިފިއެވެ.
އިއްޒުއްދީން މަގުގެ ތާރު އެޅި ސަރަހައްދު އާންމުންނަށް ހުޅުވާލާފައިވާކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ކުރެއްވި ޓްވީޓަކުން ހާމަކުރައްވައިފައެވެ.
އިއްޒުއްދީން މަގުގެ ސަރަހައްދު ބަންދުކޮށް ތާރުއެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
އެ މަގުގައި ތާރު އަޅައި ނިންމާލިއިރު، ހައުސިން މިނިސްޓްރީން ދަނީ މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ ގުޅޭ މަގުތަކުގައި ވެސް ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.