އޭސީޕީ މަންނާން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި

ކިޔުމަށް ހޭދަވާނީ 34ސ
އޭސީޕީ މަންނާން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި


އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފިއެވެ.

ފުލުހުންގެ ވަޒީފާއިން މަންނާން ވަކިކޮށްފައިވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމަކުން އޭނާގެ ޑިސިޕްލިނަރީ މައްސަލައެއް ބެލުމަށްފަހުގައި ނިންމި ނިންމުމަކުންނެވެ. އެހެން ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެކަމަށް ބައްދަލުވުމެއް ބާއްވާފައި އެވަނީ އެ ބޯޑަށް ބަދަލުތަކެއް ގެނައުމަށް ފަހުގައެވެ. އެ ގޮތުން، އެ ބޯޑަށް އެންމެ ފަހުން އައްޔަންކުރެއްވީ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނެވެ.
މިއަދު އޮންލައިން