ކޮލަމާފުށީ ކައުންސިލް އިދާރާއިން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ގއ.ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ވައްކަމުގެ މައްސަލާގައި ކޯޓުގެ އަމުރެއްގެ ދަށުން ރޭ ކޮލާމާފުށިން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރި އެ ވައްކަމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، އެ ކައުންސިލް އިދާރާގެ މުވައްޒަފެއްކަމަށް މައުލޫމާތު ލިބެއެވެ.
ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ވަގަށް ނަގާފައިވާކަމަށާއި އޭގެ ތެރޭގައި ކައުންސިލް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް އޮތް 122000 ރުފިޔާ ވެސް ވާނެކަމަށް ކޮލަމާފުށި ކައުންސިލް މެންބަރަކު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ތިޖޫރީގައި ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ ހުންނާނެކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނެވެ.