ރަމަޟާން މަހަށް ހަނދު ބެލުން މިއަދު ހަވީރު

ކިޔުމަށް ހޭދަވާނީ 33ސ
ރަމަޟާން މަހަށް ހަނދު ބެލުން މިއަދު ހަވީރު
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ހަނދު ސާބިތު ކުރުމަށް ހަނދު ބެލުން މިއަދު ހަވީރު އޮންނާނެއެވެ.

ހިޖްރީ ކަލަންޑަރުން ދައްކާ ގޮތުގައި މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މިހިނގާ މެއި މަހުގެ 16 ވާ ބުދަ ދުވަހެވެ. އެހެން ނަމަވެސް މިރޭ ހަނދު ނުފެނިއްޖެނަމަ މާދަމާވާނީ ޝައުބާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ ބުރާސްފަތި ދުވަހެވެ.

ރަމަޟާން މަހަށް ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބާއްވާ ހަނދާއިބެހޭ ކޮމިޓީގެ ބައްދަލުވުން މިރޭ 21:00 އިން ފެށިގެން އެމިނިސްޓްރީގައި ކުރިއަށް ދާނެއެވެ. އަދި މިބައްދަލުވުމުގައި ހަނދާއިބެހޭ ބަޔާންވެސް އިއްވާނެއެވެ.

މިއަދު އޮންލައިން