ރައްޔިތުންގެ ދުޢާ އިޖާބަ ކުރައްވައިފި- ހުޅުމާލޭގަ މަސްމާރުކޭޓެއް ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ރައްޔިތުންގެ ދުޢާ އިޖާބަ ކުރައްވައިފި- ހުޅުމާލޭގަ މަސްމާރުކޭޓެއް ހުޅުވައިފި
ހުޅުމާލޭގައި މަސްމާރުކޭޓެއް ހުޅުވައިފިއެވެ. މިއީ ފާއިތުވި 20 އަަހަރު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން އެދިއެދި ތިބި ކަމެކެވެ.

ދާދިފަހުން މިއަދުނޫހުން ވާނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ގިނަ ބައެއްގެ އިޙްޞާޞްތައް ހިމަނައިގެން މިކަމާއި ގުޅުންހުރި ލިޔުމެއްވެސް ޝާއިއުކޮށްފައެވެ. އެއިރު އެ ސަރަހައްދުގައި މަސް މާރުކޭޓެއް އަޅަން އުޅޭ ކަމުގެ އެއްވެސް ނިޝާނެއްވެސް ފެންނާކަށް ނެތެވެ. އަދި އެފަދަ އަޑެއްވެސް އިވިފައެއް ނުވެއެވެ. ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބައަކު ކުރި ދުޢާ މާތް ﷲ މިއަދު މިވަނީ އިޖާބަ ކުރައްވަވައިފައެވެ.



މިކަމާއި ގުޅުންހުރި މިފަދަ ލިޔުމެއް މިދިއަ އަހަރުވެސް މިއަދުނޫހުގައި ވާނީ ޝާއިއުކޮށްފައެވެ.



އެޗްޑީސީ އިން މިއަދު ބުނީ މަސްމާރުކޭޓުގައި މަސް ވިއްކާނީ މަސްވެރިން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލޔުން:
މިއަދު އޮންލައިން