މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް ކަނޑައަޅައިފިއެވެ.
ހަނދާއިބެހޭ ބަޔާން އިއްވަވަމުން މިނިސްޓްރީގެ ނައިބް އައްޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ އެގޮތަށް ކަނޑައެޅީ މިއަދު އިރުއޮއްސުނުއިރު ރަމަޟާން މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ޔަޤީންކުރެވޭތީ ކަމަށެވެ. އަދި އެގޮތަށް ކަނޑައެޅީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހާއި ޝަޢްބާން މަހުގެ ފުރަތަމަ ދުވަސް ރާއްޖޭގައި ކަނޑައަޅާ އުޞޫލުގެމަތީން ކަމަށެވެ.
ރަމަޟާން މަހުގެ ދުވަސްތަކުގައި ރޯދަ ހިފުމަށާއި ހެޔޮ އަަމަލުތައް ގިނަކުރުން ގިނަ ކުރުމަށް ވަޞިއްޔަތް ކުރައްވާ ކަމަށްވެސް ޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވިއެވެ.
ސައުދިއަރަބިޔާއިން ބުނެފައިވަނީ މިރޭ ހަނދު ނުފެނުނު ކަމަށެވެ. ބޮޑަށް ބެލެވެނީ ރަމަޟާން މަހުގެ 1 ވާނީ ބުރާސްފަތި ދުވަހު ކަމަށެވެ. އިންތިޒާރުކުރަމުން ދަނީ ސްޕްރީމް ކޯޓުން ނިންމާނެ ގޮތަކަށް ކަމަށް ނޫސްތަކުުން ބުނެއެވެ.
ޔޫއޭއީ އިން ކުރިންސުރެ ބުނަމުން އަންނަނީ މިރޭ ހަނދު ނުފެންނާނެ ކަމަށެވެ.