ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމްގެ ބައިވެރިން އަމަލީގޮތުން ބޭންކުގައި މިއަދު މަސައްކަތް ފަށައިފިއެވެ. މިއަހަރުގެ ފެބްރުވަރީ މަހު އިއުލާންކުރިމިޕްރޮގްރާމްގެ މަޤްސަދަކީ ދަރިވަރުންނާއި ދަސްވެނިންމަސައްކަތުގެވެށްޓަށް އަހުލުވެރިކުރުވައި އަމަލީތަޖްރިބާހޯދުމުގެ ފުރުސަތު ތައާރަފްކުރުުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިންތަޢާރަފްކުރި ޕްރޮގްރާމެކެވެ.
މިއީ ބޭންކުން މިހާރުވެސް ހިންގަމުންދާ " ބީއެމްއެލް ޕްރޮސްޕެކްޓް" ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެދަރިވަރުންނާއިދަސްވެނިންނަށްއަމާޒުކޮށް ބޭންކުން ފުރުސަތު ހުޅުވާލި، 12 މަސްދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމެކެވެ. މިޕްރޮގްރާމަށް 15 އިންޓަރންސް ވަނީ ހޮވިފައެވެ. އިންޓަރންސްގެ ގޮތުގައި ހޮވުނު ފަރާތްތައްބޭންކުގެއެކިއެކިޑިޕާރޓްމަންޓްތަކުގައިމަސައްކަތްކުރުމުގެފުރުސަތުލިބޭނެއެވެ. މި ގޮތުންމަސައްކަތަށްބޭނުންވާގިނަމައުލޫމާތުލިބި، އެ ބައިވެރިންގެ ހުނަރުވެރިކަންއިތުރުވެގެންދާނެއެވެ. އަދި މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށްވެސް އިރުޝާދު ދޭނެ ބޭންކުގެ ތަޖްރިބާހުރި ސީނިއަރ މުވައްޒަކު "މެންޓަރ" އެއްގެގޮތުގައި ކޮންމެ އިންޓަރއަކަށް ކަނޑައަޅާފައިވާނެއެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށްބޭންކުގެދާއިމީވަޒީފާއަށްއެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ބީއެމްއެލްގްރެޖުއޭޓްއިންޓަރންޝިޕްޕްރޮގްރާމާ ގުޅޭގޮތުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ"ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމްގެ ދަށުން ބޭންކާ ގުޅޭ ފުރަތަމަ ބެޗަށް މަރުހަބާ ބޭންކުގެ ހުރިހާ މިވައްޒަފުންގެ ފަރާތުން ދެންނެވުމަކީއަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮގްރާމްގެ ދަށުން އިންޓަރންސްގެ ގޮތުގައި ބޭންކާ ގުޅުނު ކުދިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، އަދި މެންޓަރސްގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ފަރާތުން ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. " ކަމަށެވެ.