ގާޒީ ބޭނުން ގޮތަކަށް ހުކުމް އިއްވަވާ- މަހުލޫފް

ކިޔުމަށް ހޭދަވާނީ 58ސ
ގާޒީ ބޭނުން ގޮތަކަށް ހުކުމް އިއްވަވާ- މަހުލޫފް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޙްލޫފް ކުރި ޓްވީޓަކާއި ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައިވާއާއި ގުޅިގެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އެމައްސަލަ ބައްލަވާ ގާޒީ ބޭނުންފުޅުވާ ހުކުމެއް އިއްވެވުމަށް މަޙްލޫފް އެދިވަޑައިގެންފިއެވެ.

މާފުށީ ޖަލުގައި ގައިދީން މަރަނީ ކަމަށް ވިދާޅުވެ އެމްޕީ މަޙްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި، މަހުލޫފްގެ ޤާނޫނީ ވަކީލު ނާޒިމް ސައްތާރު އެމައްސަލައިގައި ވަކާލާތު ކުރުން ސަސްޕެންޑު ކޮށްފައިވާތީ އެކަމަށް ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.

ވަކީލު ނާޒިމް ސަސްޕެންޑު ކޮށްފައިވަނީ ކުރި ޓްވީޓަކާއި ގުޅިގެން ކަމަށްވާއިރު

މާފުށީޖަލުގައި ގައިދީން މަރަނީކަމަށް ވިދާޅުވެ ކުރި ޓްވީޓާއިގުޅިގެން މަހުލޫފަށް ކުރާ އެދައުވާގެ މިއަދުގެ އަޑުއެހުމުގައި މަހުލޫފުވަނީ ވަކީލު ނާޒިމް ސައްތާރު ސަސްޕެންޑުކޮށްފައި ވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނާޒިމު ސަސްޕެންޑުކޮށްފައި ވަނީ ކުރި ޓްވީޓަކާއިގުޅިގެން ކަމަށްވާއިރު އެ އެކައުންޓަކީ ނާޒިމްގެ އެކައުންޓެއްކަން ކަށަވަރުކޮށްފައި ނުވާކަމަށްވެސް މަހުލޫފުވިދާޅުވިއެވެ.
މިއަދު އޮންލައިން