ރަމަޟާން މަހަކީ އުއްމަތަށް ދެއްވާ މުހިންމު މަހެއް- ރައީސް ޔާމީނު

ކިޔުމަށް ހޭދަވާނީ 40ސ
ރަމަޟާން މަހަކީ އުއްމަތަށް ދެއްވާ މުހިންމު މަހެއް- ރައީސް ޔާމީނު
ބަރަކާތްތެރި ރަމަޟާން މަހަކީ މާތް ﷲ މުޅި އިސްލާމީ އުއްމަތަށް ދެއްވާ ވަރަށް މުހިންމު ރޫހާނީ މަހެއް ކަމަށާއި އެއީ ފުއްސުވުމާއި ރުއްސެވުމުގެ މައްސަރެއް ކަމަށް ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ތަހުނިޔާ މެސެޖްގައި ރައީސް ރައީސް ޔާމީން ވިދާޅުވެފައިވަނީ މިއީ އަޅުކަމާއި ތަޤްވާގެ އަގުހުރި ފުރުސަތެއްކަމަށާއި މިމައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމުގއިވީހިނދު ރަމަޟާން މަހުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެން ވާކަމުގައެވެ.

އެހެންކަމުން، ރަމަޟާން މަހުގައި ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމާއެކު ކީރިތި ޤުރްއާން ކިޔެވުން އިތުރު ކުރުމާ ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވުމަށް ދިވެހި އެންމެހައި މުސްލިމު ރައްޔިތުންނަށް ރައީސް ޔާމީން އިލްތިމާސް ކުރައްވާފައިވެއެވެ.
މިއަދު އޮންލައިން