މެލޭޝިޔާގެ އޭސީސީއަށް ހާޒިރުވާން ނަޖީބުއަށް އަންގައިފި

ކިޔުމަށް ހޭދަވާނީ 47ސ
މެލޭޝިޔާގެ އޭސީސީއަށް ހާޒިރުވާން ނަޖީބުއަށް އަންގައިފި
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އެޤައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިމަހުގެ 22 ވާ އަންގާރަ ދުވަހު ހާޒިރުވުމަށް އެކޮމިޝަނުން އަންގައިފިއެވެ.

ވެރިކަން ގެއްލިފައިވާ ނަޖީބާ ގުޅުން ހުރި ބައެއް ތަންތަން ބަލައިފާސް ކުރިއިރު އެޤައުމުގެ ފުލުހުން ވަނީ އަގުބޮޑުއަތް ދަބަސްތަކާއި ގިނަ އަދަދެއްގެ ފައިސާތައް ހޯދާފައެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ނަޖީބާއި ގުޅުން ހުރި ހަ ތަނަކުން ފުލުހުން ވަނީ މިހާތަނަށް 600 އެއްހާ ފޮށީގެ ސާމާނު ގެންގޮސްފައެވެ. އޭގެ ތެރޭގައި ދަގަނޑު ތިޖޫރީއެއް ވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

މެލޭޝިއާގެ އާއްމު އިމްތިހާބުގައި ބޮޑުތަނުން ނަޖީބު ބަލިވެފައިވަނީ ވެސް އޭނާގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ތުހުމަތުތަކާއި ގުޅިގެންނެވެ.

އޭނާގެ ޕާޓީންނާއި ކޯލިޝަންގެ ޗެއާމަންކަމުން ވެސް ނަޖީބު އިސްތިއުފާ ދީފައިވާއިރު، އޭނާއާއި އޭނާގެ އަންހެނުން ރޯސްމަ މަންސޫރު ވެސް މެލޭޝިޔާއިން ބޭރަށް ފުރައިގެން ދިޔުން ވަނީ މަނާ ކޮށްފައެވެ.
މިއަދު އޮންލައިން