ހުކުރު މިސްކިތު ގޯތިތެރެއަށް އަލިކަން ލިބިއްޖެއެވެ. އަލިކޮށްދޭނެ ފްލަޑެއްވެސް މިހާރު ވަނީ ހަރުކޮށްފައެވެ. ސަރަހައްދާއި އިންވެގެން އޮންނަ ޕާކުވެސް މިހާރުވެސް މިހާރު ވަނީ ސާފުކޮށްފައެވެ.
ތަރާވީހް ނަމާދަށް ދާ ގިނަ ބައަކު ކޮންމެ ރެއަކު އެ ސަރަހައްދުގައި ނަމާދުކުރާތީ އިޝާނަމާދަށް ގޮވާއިރު މުޅި ސަރަހައްދު އޮންނަނީ ފުރިބާރުވެފައެވެ. އެހެންކަމުން އަލިކަން ލިބުމަކީ ނަމާދުކުރާ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެކެވެ.
ވެހެމުންދިއަ ވާރޭގައި މިރޭވެސް ސަރަހައްދު ފުރާލައި ވަނީ މީހުން ނަމާދުކޮށްފައެވެ. ހުކުރު މިސްކިތުގައި ތަރާވީޙް ނަމާދުކުރާ އިމާމްގެ ފަހަތުގައި ނަމާދުކުރުމަށް އެހައި ބޮޑު ޑިމާންޑެއް އޮންނަ އެއް ސަބަބަކީ އިމާމު މިހާގެ ޤްރްއާން ކިޔެވުން ފުރިހަމަކަން ކަމަށް ގިނަ ބައަކު ބުނެއެވެ.