ސިޔާދު އެއްވެސް ކުށެއް ނުކުރައްވާ - އިންސާފުވެރި ޝަރީޢަތެއް ކުރެވިއްޖެނަމަ ސިޔާދު މިނިވަންވާނެ: ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ސިޔާދު އެއްވެސް ކުށެއް ނުކުރައްވާ - އިންސާފުވެރި ޝަރީޢަތެއް ކުރެވިއްޖެނަމަ ސިޔާދު މިނިވަންވާނެ: ސަމީރު
ވިލާ ގްރޫޕުގެ އެމްޑީ، އިބްރާހީމް ސިޔާދު ޤާސިމް އެއްވެސް ކުށެއް ކުރައްވާފައި ނުވާ ކަމަށާއި އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ކުރެވިއްޖެނަމަ ސިޔާދު މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިރޭ ވިދާޅުވީ ސިޔާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތުހުމަތުތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށާއި ސިޔާދަށް ހިއްވަރު ދިނުމުގެ ގޮތުން ވީހައި ގިނަ ބައަކު މާދަމާ ހެނދުނު 11:30 އަށް ކްރިމިނަލް ކޯޓު ސަރަހައްދަށް ވަޑައިގެންދެއްވުމަށް ޖުމްހޫރީ ޕާޓީންނާއި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ސިޔާދުގެ މައްޗަށް ކުރަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށާއި އުންމީދުކުރައްވަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ޙުރުމަތަށްޓަކައި ނަމަވެސް މާދަމާގެ ޝަރީއަތުގެ މަޖިލީހުގައި ސިޔާދު ގޭބަންދަށް ބަދަލުކޮށްދެއްވާނެ ކަމަށް ކަމަށެވެ.

ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ސިޔާދު ހައްޔަރުކުރަމުން ބަޔާންކުރި ސަބަބާއި ކުރިއަށް ގެންދިއަ ތަޙްޤީޤާއި އަދި ދައުވާކުރި މައްސަލަވެސް މުޅިން ތަފާތުވުމުން ސިޔާދު ހައްޔަރުކޮށްފައިވަނީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބުރަވެ ނޫން ކަމަށް ސިޔާދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވެސް ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން