ޝައިޚުންގެ ދަރުސްތަކަށް އެޑިޔުކޭޝަނުން ހުރަސް އަޅާތީ ކަންބޮޑުވުން އިތުރުވަނީ!.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޝައިޚުންގެ ދަރުސްތަކަށް އެޑިޔުކޭޝަނުން ހުރަސް އަޅާތީ ކަންބޮޑުވުން އިތުރުވަނީ!.
"ޝައިޚުންނަށް ސްކޫލްތަކަށް ނުވަދެވޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ދޮރު ބަންދުކޮށްފައި އޮތުމަކީ ވަރަށް ކަންބޮޑުވާކަމެއް! ރަށްރަށުގަ އަޅުގަނޑުގެ ބައެއް އިވެންޓްތަކަށް ހުރަސް އަޅާފަވޭ. މިހާރު ޝައިޚް ސަމީރުގެ ދަރުސަށް ވެސް ހުރަސް އަޅައިފި. މިއީ ކޮން ހަމައަކާ އުޞޫލަކުން ހިންގާ ކަމެއްބާ؟ މިކަން ބަދަލުވާން އެބަޖެހޭ." މިއީ ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެކެވެ.

ދީނީ އިލްމުވެރިން ވިދާޅުވަނީ ސްކޫލްތަކުގެ ދަރިވަރުންނަށާއި ރައްޔިތުންނަށް ދީނީ އިރުޝާދު ނުދެވި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތް ނުކުރެވޭނެ ކަމަށެވެ.

ޝައިޚުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ހުރަސް އަޅަމުން ގެންދާއިރު ސްކޫލްތަކުގައި، ޚާއްޞަކޮށް ރާއްޖެތެރޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ދީނީ މައުލޫމާތު ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތަކާއިމެދު ބައެއް ބެލެނިވެރިން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުޞަތު ނުދޭނެކަމަށް ބުނަމުން ސަރުކާރުން ހުއްދަ ދެއްވާފައިވާ މަޝްހޫރު ޝައިޚުންގެ ދަރުސަށް ހުރަސް އަޅާނަމަ މިކުރެވެނީ ކީއްކަމާއިމެދު ވެސް ސުވާލު އުފައްދައެވެ.!




މިއަދު އޮންލައިން