ޑރ. މަޖީދު އޮންނެވީ ކޯމާއެއްގައި ކަމަށް އާއިލާއިން ބުނެފި

ކިޔުމަށް ހޭދަވާނީ 45ސ
ޑރ. މަޖީދު އޮންނެވީ ކޯމާއެއްގައި ކަމަށް އާއިލާއިން ބުނެފި
ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ އަށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސިއްޙީ ހާލުކޮޅު ދަށަށް ދިޔުމުން މިހާރު އޭނާވަނީ ކޯމާއެއްގައި ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާއިން ބުނެފައިވަނީ އެހެން ނަމަވެސް ޑރ. މަޖީދުގެ ހާލަތު މިހާރު އަންނަނީ "ސްޓޭބަލް" ވަމުން ކަމަށެވެ.

ޑރ. މަޖީދާށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އަދިވެސް އޮތީ އިންޑިއުސް ކޯމާއެއްގައި ކަމަށް، ލަންކާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

ޑރ. މަޖީދު ލަންކާއަށް ވަޑައިގެންނެވީ މީގެ ދެ ދުވަސް ކުރިންނެވެ. އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި ލަންކާއަށް މީޓިންއަކަށް ވަޑައިގެން އުޅުއްވަނިކޮށް ޑރ. މަޖީދު ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހެނދުނު ހޮޓަލު ކޮޓަރީގެ ފާޚާނާ ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެންނެވެ.
މިއަދު އޮންލައިން