މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަަބަބުން މެދުތެރެއާއި ދެކުނަށް ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިރޭ 20:00 އިން ފެށިގެން މާދަމާ ރޭގެ 20:00 އަށް ގުގުރުމާއިއެކު ވިއްސާރަ ކުރާނެ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި އެހެން ހިސާބުތަކުގައި ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރިމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގެ މެދުތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ.