ކިއުބާގެ ވެރިރަށް ހަވާނާގައި މަތިންދާބޯޓެއް ވެއްޓި 100 އަށް ގިނަ މީހުން ނިޔާވެ، އެތައް ބަޔަކު ޒަޚަމްވި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކިއުބާގެ ރައީސް މިގޭލް ޑިއޭޒް ކާނެލް ބެރެމޫޑަސް އަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިހާދިސާގެ ޚަބަރު އެއްސެވީ، ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައިވެއެވެ. މީގެއިތުރުން މިހާދިސާގައި އަނިޔާވި ފަރާތްތަކަށް ޙަމްދަރުދީ ފޮނުއްވައި، އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.