އެއްމާބަނޑު ދެބެން ރުއިން ހުއްޓާލީ، އެއްކުއްޖަކު ކައިރީގައި އަނެއް ކުއްޖަކު ބޭއްވުމުން!
އެއްމާބަނޑު ދެ ކުދިން ކަމުގައިވާ ވެސްޓަން ލީމަން އަދި ކޭލަބް ލީމަން، އުފަންވީ ދުވަސް ވެގެން ދިޔައީ އޯލަންޑޯ ހޮސްޕިޓަލުގައި ތިބި ގިނަ ޑޮކްޓަރުންނާއި ނަރުހުން ވެސް ހައިރާން ކުރުވަނިވި މަންޒަރެއް ފެނުނު ދުވަހަކަށެވެ.
އުފަންވުމާއިއެކު ނަރުސް ކުއްޖާ ވެސްޓަން އާއި ކޭލަބް އެކަކު އަނެކަކާއި ދުރުކުރަން އުޅޭ ކޮންމެ ފަހަރަކު އެދެކުދިން ރޯން ފަށައެވެ. ދެބެން ހުއްޓާލަނީ އެކަކު އަނެކަކާއި ކައިރީގައި ދެ ކޯތާފަތް ވެސް ޖައްސާފައި ބޭއްވުމުންނެވެ.
"ހީވީ އެދެބެން އެކަކު އަނެކަކާއި ވަކިވާން ބޭނުން ނުވާހެން. އަހަރުމެން އެހިން ވިހެއިރު ގުޅިފައިހޭ ދެކުދިން ތިބީވެސް، އެހެން ވެސް އެހުނީ ދުރުގަ ހުންނަން ދެކުދިންނަށް ވެސް އުނދަގޫ ވެގެން އުޅޭތީ. އެކަމަކު ޑޮކްޓަރު ބުނި ގުޅިފައެއް ނޫނޭ ތިބީ، ދެބެން އުފަންވީ ވެސް ފަސް މިނެޓުގެ ތަފާތަކުން. އަހަރެންގެ އަންހެނުން ލީސާ އަށް އެވަގުތު ނުފެނޭ ދެކުދިން އެގޮތަށް ކަންތައް ކުރި މަންޒަރެއް. އެހެންވެ އަހަރެން އެމަންޒަރުތައް ވީޑިއޯ ކޮށްފަ، ލީސާއަށް ދީފައިހުރި ސެޑޭޓިވްގެ އަސަރު ކެނޑުމުން އޭނާއަށް ދެއްކިން. އޭނާ ހުރީ ހައިރާންވެ، އުފަލުން ގޮސް ފެންކަޅިވެފަ" ވެސްޓަން އާއި ކޭލަބްގެ ބައްޕަ ޑޭން ލީމަން ބުންޏެވެ.
http://video.dailymail.co.uk/preview/mol/2018/05/17/1784931483843737195/636x382_MP4_1784931483843737195.mp4