މާސްކް ބެހި މައްސަލާގައި މަހުލޫފުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް

ކިޔުމަށް ހޭދަވާނީ 1މ 27ސ
މާސްކް ބެހި މައްސަލާގައި މަހުލޫފުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް


ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާގެ ޝަރީއަތުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

މަހުލޫފުގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލާފައިވަނީ، އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި މުޒާހަރާގެ ބައިވެރިންނަށް މާސްކްތަކެއް ބެހި މައްސަލައިގައެވެ.
މިއަދު މެންދުރުފަހު 1:00 ގައި ބޭއްވުމަށް ތާވަލުކުރި އެ އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެއެވެ.

މިއަދު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އެ މައްސަލައިގެ އިބްތިދާއީ ދެވަނަ އަޑުއެހުމެވެ. އެ މައްސަލައިގެ ޝަރީއަތުގެ އިބްތިދާއީ ފުރަތަމަ އަޑެއެހުމުގައި މަހުލޫފު ވިދާޅުވީ، މުޒާހަރާތަކުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ގިނަ އަދަދެއްގެ ޕެޕަރ ސްޕްރޭ ފުލުހުން ޖަހާ ކަމަށާއި އެޗްއާރުސީއެމް ރިޕޯޓުގައި އެ ކަންތައްތައް ފާހަގަކޮށްފައިވާ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

އެ މައްސަލައިގައި ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ، ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ 22:40 ހާއިރު، ޓްރެފިކަށް އުނދަގޫވާ ގޮތަށް މަގުމަތީގައި އެއްވެ، މަހުލޫފު މާސްކު ބަހަމުން ދަނިކޮށް، އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން ވެސް އެ ތަނުން ގޮސްފައިނުވާކަމަށާއި އެހެންވެ އެ ރޭ އެ ތަނުން މަހުލޫފު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ދައުލަތުން އުފުލި މި ދައުވާއާ ގުޅިގެން މަހުލޫފު ވިދާޅުވީ ފުލުހުން ހައްޔަރުކުރީ ވެސް އޭނާ އެމްޑީޕީ ހަރުގެ ތެރޭގައި ހުއްޓައި ކަމަށާއި މަގުމަތިން ނޫންކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް މާސްކު ބެހީ ވެސް އެމްޑީޕީ ހަރުގެ ތެރޭގައި ހުރެގެން ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މިއަދު އޮންލައިން