މާބައިދޫ އިންޖީނުގެއިން ވައްކަން ކުރި މައްސަލައިގެ ތުހުމަތު އިސް މުވައްޒަފުންތަކަކަށް

ކިޔުމަށް ހޭދަވާނީ 38ސ
މާބައިދޫ އިންޖީނުގެއިން ވައްކަން ކުރި މައްސަލައިގެ ތުހުމަތު އިސް މުވައްޒަފުންތަކަކަށް
މިދިޔަ ހަފްތާގެ ތެރޭގައި ލ. މާބައިދޫ އިންޖީނުގެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އެއިންޖީނުގޭގެ އިސް މުވައްޒަފުންތަކަކާއި އާދައިގެ މުވައްޒަފަކާއި ފެނަކައިގައި ކުރިން އުޅުނު މީހެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މާބައިދޫ އިންޖީނުގޭގެ ދެ މެނޭޖަރަކައި މުޕަވައިޒަރަކާއި، އެއިންޖީނުގޭގެ ތިޖޫރީ އާ ހަވާލުވެ ހުރި މީހާއާއި އެވަގުތު ޑިއުޓީގައި ހުރި މީހާއާއި މުންޑޫ އިންޖީނު ގޭގައި ކުރިން މަސައްކަތް ކުރި މީހެކެވެ.

ނަމަވެސް ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ ނަންތައް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއްވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މިއަދު އޮންލައިން