ވިލާ ގްރޫޕުގެ އެމްޑީ އިބްރާހީމް ސިޔާދު ޤާސިމް ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބަންދުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޕީޖީ ތުހުމަތުކޮށް ދައުވާ ކުރާ މައްސަލަ އާއި ގުޅުންހުރި ހެކި ލިބޭނެ ކަމުގެ އުންމީދުގައިކަމަށް ދައުލަތުގެ ވަކީލުން ބުނެފިއެވެ.
މިފަދަ ކޮންމެ ޝަރީއަތަކަށް ޕީޖީ އިން ހުށަހަޅާ އިސްލާމް ދީން ނުދަންނަ ސިއްރު ހެކި މިއަދު ވެސް ހުށަހެޅި ކަމަށް ބުނެއެވެ. ނަމަވެސް މައްސަލައިގައި އެންެމެ މުހިންމު ހެކިކަމަށްވާ ރިޝްވަތު ދިން ކަމުގެ ހެކި އަދި އޮތީ ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި ދައުލަތުން ހުށަހަޅާ ހެކީގެ ލިސްޓުގައި އެ ހެކި ބަޔާންކޮށްފައިވަނީވެސް އެކަމުގެ ހެކި ލިބޭނެ ކަމުގެ އުންމިދުގައި ކަމަށް އަދި އެ ހެކި ލިބޭނެ ދުވަހެއްވެސް ނުއެނގޭ ކަމަށް ވެސް ދައުލަތުން ވަނީ ކޯޓުގައި ބުނެފައެވެ.
އިސްލާމީ ޤައުމެއްގެ ކޯޓުގައި ދައުވާކުރާ މައްސަލައިގެ އެންމެ މުހިންމު ހެކި ލިބޭނެ ކަމުގެ އުންމީދުގައި، އަދި ލިބޭނެ ވަކި ދުވަހެއް ނުވެސް އެނގޭ އިރު މީހުން ބަންދުގައި ބައިތިއްބައިގެން އުޅޭކަމުގެ ވާހަކަ އަޑުއެހި މިއީ ފުރަތަމަ ފަހަރެވެ.
ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ދައުލަތުން ސިއްރު ދެ ލިޔުމެއް ހުށަހަޅާކަމަށް ބުނުމުން ކުރެއްވި ސުވާލުން އެނގިވަޑައިގަތީ އެއް ލިޔުމަކީ 17 ޞަފްހާގެ ލިޔުމެއް ކަމަށެވެ. ސިއްރު ލިޔުމަކަށްވާތީ އޮތް އެއްޗެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާ ސިއްރު ދެވަނަ ލިޔުމަކީ ލިބޭނެ ކަމަށް ދައުލަތުން އުންމީދުކުރާ ލިޔުން ކަމަށެވެ.
އިތުރު ތަފްޞީލް އަންނަނީ...